"" Welcome to my thoughts: ތިމާވެށި- ކުނިގޮނޑު

Sunday, October 5, 2014

ތިމާވެށި- ކުނިގޮނޑު

ދިނޭކަޑް އެންޑް އެފްރެއިޑްގެ އަންހެން ބައިވެރިޔާ އެލިސަން ޓީލް ރާއްޖެ އައިސް ދިވެހިރާއްޖޭގެ "ގޮނޑުރަށް" ނުވަތަ މާލެއާއި ކައިރި ރަށްތަކުގައި އުފެދޭ ކުނި އުކާލާ ތިލަފުށީގެ އިތުރުން މީހުން އުޅޭ ބައެއް ރަށްތަކައް ދިއުމަށްފަހު ނަގައިފައިވާ ފޮޓޯ ތަކަކާއި ވީޑީއޯއެއް އާންމު ކުރުމާ ހަމައިން ތަފާތު ވާހަކަތަށް މީހުން ކިޔަންފެށިއެވެ. ހާއްސަކޮށް ސޯޝަލް މީޑީޔާގައި އޭނާއަށް ތައުރީފު ކުރުމާއި އޭނާއަށް އެއްޗެހިވެސް ކިއެވެ. ހަޤީގަތަކީ ރާއްޖޭގައި ގިނަ އަދަދަކަށް ޕްލާސްޓިކް ވޭސްޓް ނުވަތަ ކުނި އުފެދޭކަމެވެ. ނަމަވެސް އެވާހަކަ މެއިންސްޓްރީމް މީޑިއާގައި ދައްކާލެއްމަދީއެވެ. ނުވަތަ އެވާހަކަ ދައްކާމީހުންނަށް އައިސްދާނެ ދެކޮޅުވެރިކަމަކާއި ހުރެ އެފަދަ ވާހަކަތަށް ލިޔަން ނުކެރެނީއެވެ. ތިލަފުއްޓައްގޮސް އެތަނުގެ ގޮނޑުގައި ހުރެ ފޮޓޯއެއް ނަގަން ނުކެރެނީއެވެ. 



ރާއްޖެއަކީ ތިމާވެއްޓޭކިޔައިގެން އެންމެ ގިނައިން ވާހަކަދައްކާއެއް ޤައުމެވެ. ވަކިން ޚާއްޞަކޮށް މޫސުމީ މައްސަލަތަކާއި ފަރުތަކާއި ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާއި ގުޅުވައިގެނެވެ. ނަމަވެސް ހިތާމައަކީ ދިވެހިން އެފަދަ ވާހަކަތަށް ދައްކާވަރާއި ގާތަށްވެސް ރައްކާތެރިވުމުގެ ފިޔަވަޅުތަށް ނާޅާކަމެވެ. ފަހަރުގައި އެފަދަ ވާހަކަތަށް ދައްކަނީ ބޭރުގެ ފަރާތަކުން ކޮންމެވެސް ކަހަލަ ފަންޑެއް ހޯދުމުގެ ބޭނުމުގައި ކަމަށްވުމީ ހަމަ އެކަށީގެންވާ ކަމެކެވެ. އެހެންނޫންނަމަ 5.798 km2 (2.239 sq mi) ސާފުކޮށް ނުބެލެއްޓެންވީ އެއްވެސް ސަބަބެއްނެތެވެ. ކުނި އުކާލުމާއި އުފުލުމަށް ޚާއްޞަ ޤަވާޢިދު ތަކެއް ހަދާފައި ހުރެއެވެ. ނަމަވެސް ބައިސްކަލާއި ސައިކަލާއި ޕިކަޕުތަކުގައި ކުނި އުފުލަނީ އެމީހަކު ހިތަށް އެރިގޮތަކަށެވެ. އެކަމާ ކަންބޮޑުވެ އަޅާލާނެ ހަމަ އެކަކުވެސް ނެތްކަހަލައެވެ. އެކަން ބަލުމާއި ތަންފީޒީ މުއައްސަސާ ތަކުގެ ވެރިންގެ ގޭގޭގެ ކުނިވެސް އުފުލަނީ ހަމަ އެއްކަލަ ހަމައެއް ލަމައެއްނެތް މީހުންނެވެ.

ޕާކު ކުރުމުގެ ޤަވާއިދަކީވެސް މިދެންނެވި ފަދަ މައްސަލައެކެވެ. ސަރުކާރުގެ އޮފީސްތަކާއި ހޮސްޕިޓްލްތަކުގެ ކައިރީ ގައި ޓްރެފިކް ޕޮލިހުން ފޯރިއަށްތިބޭކަހަލައެވެ. މީހަކު ޤަވާއިދާއި ހިލާފަށް ޕާކު ކޮއްލައިފިނަމަ ވަރަށްވެސް އަވަހަށް ސްޓިކަރ ޖަހާނެވެ. އެކަމަކު މާލޭ ހުޅަނގު ހާބަރު ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަކުގެ ވާހަކަ ދައްކަނީ ކާކުހެވެ؟ އެތަނުގައި ވެހިކަލް ދޮވުމާއި ތެޔޮބަދަލުކުރުމާއި މަރާމާތު ކުރުމުން ފެށިގެންގޮސް ނައްތާލުމާއި ހަމައަށް ހުންނަނީއެވެ. ސްޓިކަރ ޖަހާނެ އަތެއްނެވެ. ފަތާ ސަރަހައްދަށް ތެޔޮއެޅުމުން ބައެއް މުއައްސަސާތަކަށް ހީވީ އެހެންފަދަ ކަމެއް ލައިގަނެގެން ހުޅޭހެންނެވެ. އެކަމަކު މިދެންނެވި ހުޅަގު ހާބަރުގެ ބިންގަނޑަށް ތެޔޮއެޅި ބިންގަނޑު ތަޢައްޔަރު ވާއިރު އެވާހަކަ ދައްކާނެ މީހަކުނެތެވެ. ޖޫރިމަނާކުރަން އަންނާނެ އީޕީއޭގެ މީހަކު ނުވެއެވެ.


West harbour area, Male' Maldives




Share/Bookmark

1 comment:

Unknown said...


With havin so much content do you ever run into any problems of plagorism or copyright infringement? My website has a lot of unique content I've either created myself or outsourced but it looks like a lot of it is popping it up all over the internet without my agreement. Do you know any ways to help prevent content from being ripped off? I'd certainly appreciate it. all of craigslist