"" Welcome to my thoughts: މަޖުލިހުގެ އިންތިހާބު، ލިބުނީ ކޮންފިލާވަޅެއް؟

Friday, May 15, 2009

މަޖުލިހުގެ އިންތިހާބު، ލިބުނީ ކޮންފިލާވަޅެއް؟

ނިމިދިޔަ ރިޔާސީ އިންތިޙާބަކީ އެއްގޮތަކަށްވުރެ ގިނަގޮތްގޮތުން ފާހަގަ ކުރެވޭ ތާރީޙީއިންތިހާބެކެވެ. އަދި ހަމަ އެހެންމެ ގިނަގުނަ ޢިބުރަތްތެރި އެތަކެއް ފިލާވަޅުތަކެއް ލިބިގެންދިޔަ އިންތިހާބެއްވެސް މެއެވެ. މިގޮތުން މުސްތަޤުބަލުގައި އިންތިހާބުތަކުގައި ކެންޑިޑޭޓުން ހޮވުމާއި ކެންޕޭން ކުރުމުގައި ގެންގުޅެންޖޭހޭނެ ސްޓުރެޓެޖީތަކާއި ގެންގުޅެގެން ނުވާނެ ސުޓުރެޓެޖީތަށް ވަރަށްވެސް ފާޅުކަން ބޮޑުގޮތެށްގައި އަޅުގަނޑުމެންނަށް އެނގިގެން ގޮސްފައިވާ އިންތިހާބެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުނު މަލްޓިޕާޓީ އިލެކްޝަންވެސް މެއެވެ. މިވަގުތާއި ހަމައަށް އިންތިޙާބުގެ ނަތީޖާއަށް ބަލާއިރު ޕީއޭ އާއި ޑީއާރުޕީ އަށް ނިސްބަތްވާ މެންބަރުންނަށް ވަނީ ވެރިކަންކުރާ އެމްޑީޕީގެ މައްޗަށް ކުރި ހޯދާފައެވެ.
ނިމިދިޔަ އިންތިޙާބުގައި އެމްޑީޕީ
"އިންސާނުންނަކީ ޙާލަތާއި ވަގުތަށްބަލައި އެބައިމީހުންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ބައެއްކަން މިއީ އިންސާނުންނާއި ޑީލްކުރާ ކޮންމެ މުނާސަބަތެއްގައިވެސް ވިންނަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް" (ތޯމަސް 2001). ނަމަވެސް މިފަދަ ވިސްނުމެށްނެތި އިންސާނުންނާއި ޑީލްކޮށްފިނަމަ އެކަމެއް ފަނުފުލުން ދިއުމަކީ ހަމައެކަނި ނިކުންނާނެ ނަތީޖާކަން، ނިމިދިޔަ އިންތިހާބުންވެސް ވަނީ ދައްކުވައިދީފައެވެ. މިފަހަރުގެ އިންތިޙާބުގައި އެމްޑީޕީގެ ފަރާތުން 75 ވާދަކޮށް ގޮނޑީގެ ނިސްބަތުން ބޮޑު ކާމިޔާބެއް ލިބިފައި ނުވާ ސަބަބުތަކަށް ބަލާއިރު، އެތެރޭގެ ކޯޅުމާއި ކެމްޕޭން ކުރުމުގައި ގެންގުޅުނު ސިޔާސަތުތައް މިއީ އެކާމާއި މެދުވިސްނައި މުތާލިއާ ކުރަންޖެހޭނެ ކަންތައްތަކެކެވެ.

ކެނޑިޑޭޓުން ހޮވުމުގައި އެތެރޭގެ ޕްރައިމެރީ ބޭއްވުން އެއީ ހަމަ އެންމެ ރަނގަޅުކަމެވެ. ނަމަވެސް މިއުޅެނީ ރައްޔިތުންގެ ކުރިމައްޗަށް ޕާޓީ އާއި ރައްޔިތެއް ތަމްސީލު ކުރާނެ މީހެއް ނެރުމަށް ކަމުގައި ވާއިރު، އެމީހާ ގެ މާކެޓިން ވެލުޔުއަށް ވިސްނުން އެއީ މުހިންމު ނުކުތާއެކެވެ. މިދަންނަވަނީ ސިޔާސީގޮތުން އެމީހަކީ ތަސައްރަފު ފުދިފައިވާ މީހެއްތޯ އަދި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ގިނަ ރައްޔިތުން ބަލައިގަންނަ ފަދަ ޕްރޮފައިލެއް އޮތް މީހެއްތޯ ބަލަން ޖެހޭ ވާހަކައެވެ.

ދެވަނައަށް އެމްޑީޕީއަށް އެޅިފައިވާ ޅައެއްޗަކީ އެމްޑީޕީއަށް ނިސްބަތްވާ އެއްކެނޑިޑޭޓުންނަށްވުރެ ގިނަކެނޑިޑޭޓުންތަކެއް އެއްދާއިރާއަކަށް ވާދަކުރުމުގެ ސަބަބުން އެއްޕާޓީއަށް ނިސްބަތްވާ ވޯޓުތަށް ބެހިގެންގޮސްފައިވުމެވެ. މިފަދަ ގޮތަކަށް ޕާޓީން ގިނަމެންބަރުން އެއްދާއިރާއަށް ނިކުނަނީ ތިންސަބަބަކާހުރެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. "ފުރަތަމަ ސަބަބަކީ އިދިކޮޅު ފަރާތަށް ގެއްލުން ދިނުމުގެ ގޮތުން ވޯޓުތަށް ބައިބައިކޮށްލުމާއި ޕާޓީގެ ކެނޑިޑޭޓުންގެ މެދުގައި "މާކެޓް ވެލިޔު" ޤަބޫލުކުރުމުގައި ހިޔާލު ތަފާތުވުމުގެ ސަބަބުންނާއި، ޕާޓީއަށް ނާކާމިޔާބުވި ކަމުގައިވިޔަސް ނިސްބަތުން ޕާޓީއަށް ލިބޭ ވޯޓުގެ ޢަދަދު ގިނަކުރުން ހިމެވެއެވެ. މިގޮތުން ގޮނޑީގެ ނިސްބަތުން ނާކާމިޔާބު ލިބުނުކަމުގައިވިސް، ރައްޔިތުންގެ ވިސްނުމާއި ކުޅެލުމަށްޓަކައި ބަލިވާ ޕާޓީން އެބައިމީހުންނަށް ރައްޔިތުންގެ ބޮޑުބައެއްގެ ސަޕޯޓް އޮތަކަން ދައްކާ، ނަފްސާނީގޮތުން އިދިކޮޅު ފަރާތްތަކުގެ ވިސްނުމާއި ކުޅެލައެވެ"(ވިންސަން 2005). މިއިންތިޙާބުގައި މިކަން މިވަނީ ވަރަށްވެސް ފާޅުކަންބޮޑުގޮތަކަށް ފެނިގެންގޮހެވެ. އެމްޑީޕީގެ ކެނޑިޑޭޓުންގެ މެދުގައި ވޯޓުތަށް ބެހުމުގެ ސަބަބުން ޕާޓީގެ ކެނޑިޑޭޓަށް ގޮނޑި ލިބުމުގެ ބަދަލުގައި ދާއިރާގެ އަގުލަބިއްޔަތު ޕާޓީއަށް ލިބިގެންދިއުމެވެ.

ތިންވަނައަށް އެމްޑީޕީއަށް ނާކާމިޔާބާއި ކުރިމަތިލާންޖެހުނުސަބަބަކީ ކެނޑިޑޭޓުން ކެންޕެއިން ކުރުމުގައި ގެންގުޅުނު ސިޔާސަތާއި ފާޓީގެ އިސްވެރިން ކެނޑިޑޭޓުން ޕްރޮމޯޓް ކުރުމަށްޓަކައި ގެންގުޅުނު ސިޔާސަތުތަށް އެލައިން ނުވުމާއި، ރިޔާސީއިންތިހާބުގެ ކާމިޔާބީ އެމްޑީޕީން މާނަކުރުމުގެ އެހެންޕާޓީތަކުގެ ހިއްސާ މަދުން ހިމެނުމާއި، އަދި ރިޔާސީ އިންތިހާބަށްފަހު ރައީސުލް ޖުމްހޫރިއްޔާ "އަބުއި" ރައީސެއްގެ ގޮތުގައި ރައްޔިތުނަށް ފެނިގެން ނުދިޔުން އެއީ މިފަހަރުގެ އިންތިހާބު ނާކާމިޔާބު ވުމުގެސަބަބެވެ. ކުރީގެ ރައީސް މައުމޫނާއި ހިލާފަށް ރައީސް ނަޝީދަކީ އެބޭފުޅާގެ ވާހަކަދެއްކުމުގައި ވަރަށްވެސް ސީދަލަށް ބަސްބުނުމާއި އަމިއްލަ ދިރިއުޅުމުގައި ހުންނަ ސަކަ މިޒާޖު ޕޮރޮފެޝަންގައިވެސް ބޭނުންކުރާބޭފުޅެކެވެ. ނަމަވެސް ދިވެހިންނަށް ރައީސުލް ޖުމްހޫރިއްޔާ ސިފަވަނީ ކުރީގެ އިންފޮމޭޝަން މިނިސްޓަރ ނަޝީދު ވިދާޅުވެފައިވާގޮތަށް ވަރައްވެސް އަބުއި، ވާހަކަ ދެކުމުގައި ވަރައްވެސް ބަލާޢާތްތެރި ބަސްތަށް ބޭނުންކުރުމާއި ހިންގާބިނގާވެ އުޅުމުގައި މުޑުމައިތިރި މީހެއްގެ ގޮތުގައެވެ. (ނުނިމޭ


Share/Bookmark

1 comment:

Hilath said...

Hope they learn from the lessons which will be the important thing dho!