"" Welcome to my thoughts: އަމިއްލައެދުން ބޮޑު މުނާފިޤު 77 މީހުން

Saturday, November 21, 2009

އަމިއްލައެދުން ބޮޑު މުނާފިޤު 77 މީހުން

Untitleds ދިވެހިޤައުމުގައި ތިބި އެންމެ އަމިއްލައެދުން ބޮޑު މުނާފިޤު 77 މީހުންނަކީ ކޮބައިތޯ އަހާލައިފިނަމަ ދޭނީކޮން ޖަވާބެއްބާވައޭ ހިތަށް އަރައެވެ. ހަމަ ޔަޤީނުންވެސް އެނގޭއެށް ކަމެށް އޮވެއެވެ. އެއީ އަބަދާއަބަދު ރައްޔިތުންގެ ހައްޤުގައޭ ކިޔައިގެން ހަޅޭލަވާ އަޑުގަދަކުރާބަޔަކު އެއްތާކުން އެންމެ ފަސޭހައިން ފެންނާއީ ރައްޔިތުންގެ މަޖުލިސްގެ އިމާރާތުގެ ތެރެއިންނެވެ.

ޤައުމުގެ ހައްޤުގައޭ، ރައްޔިތުންގެ ހައްޤުގައޭ، ދަރިންނާ ދަރިންގެ ހައްޤުގައޭ ކިޔައިގެ މިބައިމީހުން ރައްޔިތުންގެ ފައިސާ އަމިއްލަޔަށް ޤަވާއިދެށް ހަދައިގެން ކޮންމެ މަހަކު ނަގަމުން ދާއިރުގައި ލަދުހަޔާތުގެ ކަންފުޅެށްވެސް ނެތީއެވެ.

ޤައުމުގެ ސިވިލްސާވިސްއާއި، މިނިވަން މުއައްސަސާތަކުގެ މީހުންގެ މުސާރަތަށް ކުޑަކުރަމުން ދާއިރު މިބައިގަނޑުގެ މުސާރަ ކުޑަކުރަން މިބައިމީހުން އެއްބަސް ނުވާކަން މިއީ މިބައިމީހުންގެ އަމިއްލަ އެދުން ބޮޑުކަމެށްނޫންތޯއެވެ؟

މިބައިމީހުންު ތިބެގެން ޤައުމުގެ އިޤްތިޞާދު ދަށަށް ދަނިއްޔޭ، ޚަރަދުތަށް ކުޑަކުރާށޭ ކިޔައިގެން ފެލޭއިރު މިބައިމީހުންގެ މިސާރަ ކުޑަކުރަން އެއްބަސް ނުވާކަމީ މިބައިމީހުންގެ މުނާފިޤު ކަމެއްނޫންތޯއެވެ؟

މިބައިމީހުން މަޖުލީހުގެ ޖަލްސާތަކަށް އަޔަސް ނަޔަސް، ގަޑިޖެހުނަށް ނުޖެހުނަސް މިބައިމީހުންނަށް މުސާރަ ލިބެއެވެ. މިއީ މިބައިމީހުން އަމިއްލަޔަށް ޤަވައިދު ހަދައިގެން ރައްޔިތުންގެ ފައިސާތަށް ހަރާންކޯރުވުމެށްނޫންތޯއެވެ؟ އަދި މިބައިމީހުން މިވަރަކުން ފުއްދާލީކީ ނޫނެވެ. މިބައިމީހުންނަކީ ޢިޒާތާއި ކަރާމާތް ބޮޑުކަމުން، އެހެން އާންމު ރަށްޔިތުންނަށް ފާޑުކިޔޭ ބަޔެއްވެސް ނޫނޯލައެވެ.

އަނެއްކަމަކީ މިބައިމީހުން ބޭނުްވެއްޖެ ނަމަ ސަރުކާރުގެ ކޮންމެ ވަޒީރަކުވެސް ވެރިކަމުން ބާލަން ވީއެވެ. ރައީސްވެސް ރައީސް ކަމުން ދުރުކުރަންވީއެވެ. އެކަމަކު މީތަނުން ގޮލަޔަކު ރައްޔިތުން ބޭނުންވެއްޖެނަމަ ބޭލޭނެ ހަމަ އެއްގޮތެށްވެސް އޮންނަ ކަމަށްނުވެއެވެ.

ޤައުމަށް މިހާ ހެޔޮއެދޭ ބަޔެށްނަމަ، ޤައުމުގެ އިޤްތިޞާދު މިހާދަށައްދާއިރު މިބައިމީހުންގެ މުސާރަ ކުޑަކުރަން އެއްބަސްވީހެވެ. ދާދެ މިދާކަށް ދުވަހު މިބައިމީހުން އޮޑިޓަރޖެނެރަލްގެ މުސާރަ ކުޑަކުރީ ޤައުމު ބަނޑަށް ޖެހޭތީއޯލައެވެ. އެކަމަކު މިބައި މީހުންގެ މުސާރަ ކުޑަކުރާ ވާހަކަ ބުނީމާ ކޮންމެ މީހަކުވެސް މޭކަރަސް ފަށައި ބޮލަށް އެނބުރުން އަރައިފިއެވެ.


Share/Bookmark

1 comment:

Anonymous said...

Thibunanee hama fahkaa hatharukashimathi munaafigu baigandehge vaahaka...! dhahkaa vaahaka akaa amalakaa dhimalaeh nuvaane dhuvahakuves..... rahyithunge maa langondiey, ehchekey meehchekey kiyaigen halheyfalhey jahaifaves vote laanee rahyithunge maslahathaa dhimaa indhikolhah dhehki vaahaka aa dhimaa nuvaa gothah....! Rahyithunge faisaa ah haraankoaruvamun edhaa meehun kuren ahaalan othee campaign thereyga rahyithunge vindhubalan gengulhunu kashiganduthah mihaaru work nukuranee tho? ehenveematho rahyithunge vindhaa ehgothah mihaaru rahyithunnah faidhaa vaa gothah kanthahthah nukuranee?