"" Welcome to my thoughts: !!ޔަޤީން ނުވަނީ ކީއްވެބާ

Monday, January 12, 2009

!!ޔަޤީން ނުވަނީ ކީއްވެބާ

މަސްތުވާތަކެތީގެ މައްސަލައަކީ ދިވެހިރާއްޖޭގައި ވަރަށްވެސް ބާރަށް ފެތުރެމުން އަންނަ ވަބާއެއްކަމަށް ­­­އެންމެންވެސް ޤަބޫލުކުރެއެވެ. މިކަން ދިވެހިރާއްޖެއަށް ތާރަފް ވެފައިވަނީ 70 ގެ އަހަރުތަކުގައި އެވެ. އަދި ފުރަތަމަ ފަހަރަށް ކޮކެއިން 1993 ގައި ރާއްޖެއިން ފެނިފައި ވާއިރު، ހަމަ މިއަހަރުގެ ސެޕްޓެންބަރު މަހުގައި 8 ކިލޯގެ ހެރޮއިންވެސް ވަނީ އަތުލައި ގަންފައވެ. ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި ކޮންމެ އާބާދީގެ 12 މީހުންގެ ތެރެއިން 1 އަކީ މަސްތުވާތަކެރީގެ ޝިކާރައަކަށް ވެފައިވާމީހެވެ. އަދި މަސްތިވާތަކެތި ބޭނުންކުރާމީހުންގެ ކޮންމެ 12 މީހުންގެ ތެރެއިން 10 މީހުންނަކީ ޒުވާނުންނެވެ. އަދި ޑްރަގްސް ބޭނުން ކުރާ މީންގެ އުމުރުފުރާ އަހަރަކަށް ވުރެ އަހަރެށް ހަގުވަމުން އަންނަކަންވެސް ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ހިންގާ މާރާމާރީއާއި ވައްކަމާއި ފޭރުމާއި އަދި އެނޫންވެސް މިފަދަ ނޭއްގާނީ ހަރަކާތްތަކުގައި ބައިވެރިވެގެން ހައްޔަރުކުރެވޭ މީހުންގެ ތެރެއިން ކޮންމެ 20 މީހުންގެ ތެރެއިން 18 މީހުންނަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ. އަދި ދިވެރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށުގެ ތެރެއިން ކޮންމެ ރަށެއްގައި މަދުވެގެން 10 އާއި 28 ދެމެދުގެ ޢަދަދެއްގެ ޑޮރަގްސް ބޭނުން ކުރާމީހުން އުޅޭކަމަށް އަންދާޒާ ކުރެވެއެވެ. ރާއްޖޭގައި ކުރާ ޑްރަގުގެ ވިޔަފާރީގެ އަގު އަހަރަކު 57 މިލިއަން ރުފިޔާއަށް އަރާކަމަށް އަންދާޒާކުރާއިރު، ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ޖުމްލަ 1.61 ޓަނުގެ މަސްތުވާތަކެތި ކަމައް "ޝައްކުކުރެވޭ ތަކެތި" ދިވެހިރާއްޖެއިން އަތުލައިގެންފައި ވެއެވެ. މީގެ ޖުމްލަ އަގު ގާތްގަނޑަކަށް 4.12 ބިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް އަންދާޒާ ކުރެވޭއިރު މިއީ މިކުޑަ ދިވެހިރާއްޖޭގެ ބޮލަކަށް 1333.33 ރުފިޔާގެ މިންވަރެކެވެ. އަދި މިހާތަކަށް ޖަލުގައި ހުކުމް ތަންފީޒުކުރާ މީހުންގެ ނިސްބަތުން %80 މީހުންނަކީ މަސްތުވާ ތެކެތީގެ މީހުންނެވެ. މިދަންނަވާލީ މަސްތުވާތަކެތި ދިވެރާއްޖޭގައި އާލާވެ އަށަގަނެފައިވާ މިންވަރެވެ.

ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ 309000 ހާ މީހުން އުޅޭ، އެންމެންނަށް އަނެކާއަކީ ކާކުކަން އެނގޭ 100 ފަސެންޓް މުސްލިމު ޤައުމެއް މިފަދަ ޙާލަތަކަށް ދިޔައީ ކީއްވެގެން ހެއްޔެވެ. އަޅުގަނޑުގެ މަޤުޞަދަކީ އެކަމުގެ ސަބަބު ހޯދުމެއްނޫނެވެ. އެހެންނަމަވެސް މިކަން ހުއްޓުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް ގެ ދައުރު މިހާތަނަށް ފެންނަން ނެތުމެވެ. މިހާތަނަށް ދިވެހިރާއްޖެއިން އަތުލައިގަތް އެއްވެސް މަސްތުވާއެއްޗެށް އެއީ ކަނޑައެޅިގެން މަސްތުވާތަކެތިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްދީފައި އެއް ނުވެއެވެ. އަބަދުވެސް އެބޭފުޅުން ހާމަކުރަމުން ގެންދަނީ "މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި" އަތުލައިގަތް ވާހަކައެވެ
ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުކޮށްގެ ތަޙުލީލް ކުރުމަށް ބޭނުންކުރާ އެތަކެށް މެޝިން ތަކާއި އަދި މީހުން ބިނާކުރުމަށްޓަކައި އެތަކެށް މިލިއަން ރުފިޔާއެއް ޙަރަދުކުރާކަން އެއީ އެންމެން ވެސް ދަންނަ ވަރަށްވެސް ބޮޑު ޙަޤީޤަތެކެވެ. އަދި މައުލޫމާތު ހާމަކުރުމުގައި ބައެއްފަހަރަށް "ތަހުޤީޤީ މަރުޙަލާ" ގައި ކަމަށްބުނެ ބައެއްމައުލޫމާތު ހާމަނުކުރާއިރު، ޑްރަގްސްގެ ގޮތުގައި އަތުލާތަކެތި ޓެސްޓް ނުކޮށް އަދި ޔަޤީން ނުކޮށް ހާމަކުރަނީ ކޮންސަބަބަކާ ހުރެބާވައޭ މިއީވެސް ހަމަ އުފެދޭ ސުވާލެކެވެ.

Share/Bookmark

No comments: