"" Welcome to my thoughts: !!ސިޔާސީ ޗަރުކޭސް

Thursday, January 22, 2009

!!ސިޔާސީ ޗަރުކޭސް

ސިޔާސީގޮތުން ހިފިނުހުރެވިގެން އުޅޭ އެތަށްބަޔަކު އިއްޒަތްތެރިންގެ ގޮތުގައި މިމުޖުތަމަޢުގައި އާންމުވާން ފަށައިފިއެވެ. ރައްޔިތުން ނިކުމެ ބޭނުމެށް ނޫނޭ، ކަމަކުނުދެޔޭ، ބުނުމުން ކުލަބަދަލު ކޮށްލައިގެން ރައްޔިތުން ކުރިމައްޗަށް ދެވަނަފަހަރަށް ނިކުތުން އަޅުގަނޑަށް މާނަކުރެވެނީ ރައްޔިތުން ގަޅަހެއްދުމުގެ މާނާގައެވެ
.
މިބައިމީހުނަށް "ހިފިނުހުރެވިގެން" ތިއުޅެނީ ކީއްވެތޯ ސުވާލުކޮށްފިނަމަ ޖަވާބަކަށް އަބަދުވެސް ވަނީ "ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި" އެންމެ ފައިދާބޮޑުގޮތް ބަލައި އެގޮތަށް ދީލާލަނީ ކަމުގައެވެ. ފަހަރެއްގައިވެސް މިބައިމީހުން އަމިއްލަ އެދުމުގެ ވާހަކައެއް ނޫނުނެވެ. ދިވެހި މުޖުތަމަޢުގައި ވިކިފައި ތިބޭ ބައެއްކަމުގެ ލަގަބުވެސް މިބައިމީހުންނަށް މީހުން ދެމުން ގެންދެމުން ގެންދާއިރު އަނެށް ބަޔަކު މިބައިމީހުން ސިފަކުރަނީ " ފުޅޮއިގައި އޮންނަ ކުނިގަނޑެށް" ގެ ގޮތުގައިއެވެ. އުނބަށް ޖެހުން އެއީ މިފަދަމީހުންގެ ދިރިއުޅުމުގެ އެއްބައިކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ
.
ފާޓީތަކުން އަބަދުވެސް އިވޭ އަޑަކީ މިވެނި އެވެނިޕާޓީ އަކީ ރައްޔިތުންނަށް އޮޅުވާލާ ޕާޓީއެކޭ ކިޔާތަނެވެ. އެހެންނަމަވެސް ގިނަޕާޓީތަކަކީ ހަޤީޤަތުގައިވެސް ރައްޔިތުންނަށް އޮޅުވާލައި މަކަރުހަދާފައިވާ ޕާޓީތަކެކެވެ. މިކަމުގެ ދަލީލަކަށް މީހުންގެ ހުއްދަޔާނުލައި ޕާޓީތަކުގައި މީހުންގެ ނަންޖެއްސައި ، ބޯގިނަކޮށް ގިނައަދަދެއްގެ ފައިސާ ބޭނުންކޮށްފައި ވާވުންވެސް ފުދެއެވެ. އިތުރަށް ވިދާޅުވޭ

Share/Bookmark

No comments: